މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޔުނިސެފާ ދެމެދު އެނުއަލް ވޯރކް ޕްލޭންގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ބާއްވަވައިފިއެވެ. މިރަސްމިއްޔާތުއޮތީ މިއަދު މެންދުރުފަހު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސެމިނަރ ރޫމްގައެވެ.

އެނުއަލް ވޯރކް ޕްލޭންގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. މުޞްޠަފާ ލުޠުފީ އެވެ. ޔުނިސެފްގެ ފަރާތުން ސޮއި ކުރެއްވީ ޔުނިސެފްގެ ރެޕްރެޒެންޓެޓިވް މިސްޓަރ. މަންސޫރު އެމް.އަލީ އެވެ.

އެނުއަލް ވޯކްޕްލޭންގައި މނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ މުސްތަފާ ލުތުފީ އާއި ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް މިސްޓަރ. މަންސޫރު އެމް.އަލީ ސޮއިކުރައްވަނީ
ޙަބަރު
3 ޑިސެންބަރ ، 2008 - 0 ކޮމެންޓު
އިދާރީ އޮނިގަޑު އެކުލަވާލުމާއި ގުޅޭ މަޢުލޫމާތު ދެއްވުމުގެ ބައްދަލުވުމެއް ބާއްވަވައިފި

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިދާރީ އޮނިގަޑުތައްޔާރު ކުރުމާއި ބެހޭ ގޮތުން އެމިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުގައިވާ އެކި ދާއިރާތަކުގެ ވެރިންނަށް މަޢުލޫމާތް ދެއްވައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަޑު އެކުލަވައި ލުމާއި ބެހޭ ގޮތުން މިމަޢުލޫމާތްދެއްވީ 3 ޑިސެމްބަރު 2008 ގައި އެމިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕާމަނަންޓް ސެކެރެޓަރީ ޑރ އާމާލް އަލީއެވެ.

މިބައްދަލުވުން ތަޢާރަފް ކޮށްދެއްވަމުން އެކަމަނާ ވިދާޅުވީ މއީި އިދާރީ އޮނިގަޑު ކަނޑައެޅޭ ވަކި ހަމައެއްގެ މަތިންއެކުލަވައިލުމަށް ސިވިލްސާރވިސް ކޮމިޝަނުން އެދިވަޑައިގެންފައިވާތީ ބޭއްވެވި ބައްދަލު ވުމެއްކަމަށެވެ. އެކި ސެކްޝަންތަކުގައި މިހާރު ހުރި މަސައްކަތްތައް އެއްބަޔަކު އަނެއްބަޔަކަށް ފުށުއަރައި ރަނގަޅުކުރަންޖެހޭ ކަންކަންހުރިކަން ޑރ އާމާލް އަލީ ފާހަނގަކުރެއްވިއެވެ. އެކަމަނާ އެދިވަޑައިގަތީ ކޮންމެ ސެކްޝަނެއްވެސް މޭންޑޭޓް ކަނޑައަޅައި އިދާރީ އޮނިގަނޑު އަލުން އެކުލަވައި ލުމަށެވެ.

މިބައްދަލުވުމުގައި ސިވިލްސަރވިސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ އިދާރީ އޮނިގަނޑު އެކުލަައިލާނޭ ގޮތާއިގުޅޭ ބައެއް ނަމޫނާތަށް ދައްކައި އޭގެމައްޗައް އެކަމަނާ ވާހަކަދެއްކެވިއެވެ.

 
Copyright © 2009 Ministry of Education. All Rights Reserved