ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ މަދަނީ ތަރުބިއްޔަތު ޕްރޮގްރާމް މާދަމާ ފައްޓަވާނެއެވެ. މަދަނީ ތަރުބިއްޔަތު ޕްރޮގްރާމަކީ ޒިންމާ ނެގުމާއި، ރީތި އުޅުމާއި، އިޖުތިމާޢީ ރިވެތި އަދަބުތަކާއި އަޚްލާޤު، ސްކޫލް ކުދިންނަށް ދަސްކޮށްދިނުމަށް އެހީތެރިވުމުގެ މަޤްޞަދުގައި ހިންގެވުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެކެވެ.

ޙަބަރު
3 ޑިސެންބަރ ، 2008
މަދަނީ ތަރުބިއްޔަތު ޕްރޮގުރާމަށް ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބާއްވަވައިފި

ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ކިޔަވާކުދިންނަށް ޚާއްޞަ ކުރައްވައިގެން އަންނައަހަރު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފެއްޓެވުމަށް ހަމަޖައްސަވައިފައިވާ މަދަނީ ތަރުބިއްޔަތުގެ ޕްރޮގުރާމްގެ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން 3 ޑިސެމްބަރު 2008 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބާއްވައިފިއެވެ.މިބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް އެޑިއުކޭޝަން އޮނަރަބަލް ޑރ މުސްޠަފާ ލުޠުފީއެވެ.

މިޕްރޮގްރާމަކީ ކޮބައިކަން ތައާރަފް ކޮށްދެއްވަމުން މިނިސްޓަރ ޑރ މުސްޠަފާ ލުޠުފީ ވިދާޅުވީ މަދަނީ ތަރުބިއްޔަތު ޕްރޮގުރާމްގައި ހިމެނެނީ ޙައްގުތަކާއި ޒިންމާތަކާއި ވަތަނުގެ އަހުލުވެރިއެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ފަދަކަންކަން ކަމުގައެވެ.އެހެންކަމުން މިބައިތަކަކީ ލައިފް ސްކިލް ޕްރޮގުރާމްތައް ފަދައިން ކޯކަރިކިޔުލަރ ހަރަކާތެއްގެ ގޮތުގައި ކުރިއަށްދާން ޖެހޭކަމެއްކަމަށް މިނިސްޓަ ވިދާޅުވިއެވެ.

މިޕްރޮގުރާމް ކުރިއަށްގެންދަވާނެ ގޮތާއިބެހޭގޮތުން ކޮމެޓީގެ މެންބަރުންގެ މެދުގައި ހިޔާލް ފާޅުކުރެއްވުމަށްފަހު އިސްކަންދެއްވާނޭ 8 ތީމެއް އަންނައަހަރަށް ފައިނަލް ކުރައްވަން ހަމަޖެހިފައިވަނީ ބެލެނިވެރިންނާއި ދަރިވަރުންނަށާއި މުދައްރިސުންގެ ޚިޔާލްވެސް ހޯއްދަވައިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 
Copyright © 2009 Ministry of Education. All Rights Reserved