ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ މަދަނީ ތަރުބިއްޔަތު ޕްރޮގްރާމް މާދަމާ ފައްޓަވާނެއެވެ. މަދަނީ ތަރުބިއްޔަތު ޕްރޮގްރާމަކީ ޒިންމާ ނެގުމާއި، ރީތި އުޅުމާއި، އިޖުތިމާޢީ ރިވެތި އަދަބުތަކާއި އަޚްލާޤު، ސްކޫލް ކުދިންނަށް ދަސްކޮށްދިނުމަށް އެހީތެރިވުމުގެ މަޤްޞަދުގައި ހިންގެވުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެކެވެ.
މިއަހަރުގެ ދިރާސީ އަހަރު ފެށެންވާއިރަށް މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގެ ސްކޫލް މަދަރުސާ ތަކުގެ ކިޔެވުން ފެއްޓުމަށް ކުރެވޭ މަސައްކަތްތައް ގޮސްފައިވާ މިންވަރާއި ހިނގަމުންދާގޮތް މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބަލް ޑރ މުސްޘަފާ ލުތުފީ ބައްލަވައި ލައްވައިފިއެވެ. މިކަމަށްޓަކައި އެމަނިކުފާނު ދުވާފަރަށް މިދިޔަ ބުދަ ދުވަހު ކުރެއްވި ދަތުރު ފުޅުގައި އެރަށުގެ ޕްރައިމަރީ ސްކޫލާއި ސެކަންޑަރީ ސްކޫލާއި ޕްރީ ސްކޫލް ހުންނަ އިމާރާތަށް ވަޑައިގެން ކިޔެވުންފެށެންވާއިރަށް ވާޖެހޭ ތައްޔާރީތަށް ކޮށްނިންމުމަށް ކުރެވެމުންދާ މަސައްކަތް ހިނގާނުހިނގާ ގޮތް މިނިސްޓަރ ބައްލަވައި އިރުޝާދު ދެއްވުއެވެ.
ދުވާފަރަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ކުރެއްވި ޒަޔާރަތުގައި ދުވާފަރުގައި ހިމެނޭ ސްކޫލްމަދަރުސާތަކަށް ކިޔަވައިދޭ ޓީޗަރުންނާއި ވެރިންނާއިވެސް ބައްދަލުކުރެއްވިއެވެ. އަދި އަވަހަށް މަސައްކަތް ނިންމުމަށް މިހާރު ކުރެވެމުންދާ މަސައްތުގައިވެސް ޓީޗަރުންގެ ބައިވެރިވުން ބޭއްވުމަށް އެދިވަޑައިގެންނެވިއެވެ.
ދުވާފަރު ސްކޫލް މަދަރުސާ ތަކުގައި މިހާރު ހިނގަމުންދަނީ ކިޔަވައިދިނުމާއި ގުޅޭ ފަރުނީޗަރާއި ތަކެތި ހަމަކޮށް ތަން ސާފުކުރުމުގެ މަސައްކަތެވެ. ސްކޫލްގެ ޓީޗަރުންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ރަށުގެ ޒުވާނުންތަކަކާއި ބައްދަލު ކުރައްވައި ހުށަހެޅި ބައެއްކަންތައްތައް އޮޅުންފިލުވައި ދެއްވިއެވެ.
ދުވާފަރަކީ ރ އަތޮޅު ކަންދޮޅުދޫ ރައްޔިތުންނަށް ޚާއްސަކޮށްގެން އާބާދު ކުރެވިފައިވާ ރަށެކެވެ.