މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޔުނިސެފާ ދެމެދު އެނުއަލް ވޯރކް ޕްލޭންގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ބާއްވަވައިފިއެވެ. މިރަސްމިއްޔާތުއޮތީ މިއަދު މެންދުރުފަހު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސެމިނަރ ރޫމްގައެވެ.

އެނުއަލް ވޯރކް ޕްލޭންގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. މުޞްޠަފާ ލުޠުފީ އެވެ. ޔުނިސެފްގެ ފަރާތުން ސޮއި ކުރެއްވީ ޔުނިސެފްގެ ރެޕްރެޒެންޓެޓިވް މިސްޓަރ. މަންސޫރު އެމް.އަލީ އެވެ.

އެނުއަލް ވޯކްޕްލޭންގައި މނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ މުސްތަފާ ލުތުފީ އާއި ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް މިސްޓަރ. މަންސޫރު އެމް.އަލީ ސޮއިކުރައްވަނީ
ޙަބަރު
7 ޖެނުއަރީ ، 2009
އަލިފުށީ ސްކޫލްގެ ޓީޗަރުންނާއި ބައްދަލުކުރައްވައިފި

މާޅޮސްމަޑުލު އުތުރުބުރީއަލިފުއްޓަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ މުސްޘަފާ ލުތުފީ މިދިޔަ ބުދަ ދުވަހު ވަޑައިގެން އެރަށުގެ ރކ ކޮމެޓީގެ ބައެއްމެންބަރުންނާއި ސްކޫލްގެ ޓީޗަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

ސްކޫލް ޓީޗަރުންނާއި ބައްދަލުކުރައްވައި މިނިސްޓަރ މުސްޘަފާ ލުތުފީ ދެއްކެވި ވާހަކަ ފުޅުގައި އަލިފުށީ ސްކޫލްއަކީ ކިޔަވައިދިނުމުގެ އިންތިޒާމްތަށް ރަނގަޅު ސްކޫލެއްކަމަށާއި އެހެންނަމަވެސް ކިޔަވއިދިނުމުގެ ފެންވަރު ރަނގަޅުކުރަން އިތުރަށް މަސައްކަތް ކުރަން އެދިވަޑައިގެންނެވިއެވެ.ރާއްޖޭގައި ސްކޫލްމަދަރުސާތަކުގައި އެންމެ ބޮޑު އެއްމައްސަލަޔަކީ ރަންގަޅު ނަތީޖާ ނުހޯދޭ މައްސަލަކަމަށާއި އެހެންކަމުން ދަރިވަރުންނަށް ރަނގަޅު ނިތީޖާ ހޯދޭނެ ބީދަޔަކުން ކިޔަވައިދިނުން ބައްޓަން ކުރުމަށް ގޮވައި ލެއްވިއެވެ.އަދި ކުރިއަށް އޮތް ތާންގައި ސްކޫލް މަދަރުސާ ތަކުގެ ހިންގުމުގައި ސްކޫލް ބޯޑް އިސް ދައުރެއް އަދާކުރާނެތީ އެކަމާއި ބެހޭ ތަފްސީލްތަށް ވެސް ދެއްވިއެވެ.

ރކ ކޮމެޓީ އާއި ބައްދަލުކުރައްވައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އަލިފުއްޓަކީ ވަރަށް ހުނަރުވެރި މަސައްކަތް ތަކެއް ހިނގާފައިވާ ތަނަކަށްވާތީ ކިޔަވައި ދިނުމުގައި ހުނަރާއި މަސައްކަތްތަށް ފުޅާކުރަން ހިޔާލް ކުރެވޭ ދުވަސްވަރަކަށް މިދުވަސްވަރުވެފައި ވުމުން އެރަށަށް ޒިއާރަތް ކޮށްލެއްވީ ކަމަށެވެ.ކޮމެޓީގެ މެންބަރުން އޮޅުންފިލުއްވަން ބޭނުންވި ބައެއްކަންތަށްތަށް އޮޅުން ފިލުއްވައި ދެއްވާ ވަރަށް އަވަހަށް އެރަށު ސްކޫލަށްވެސް އެމަނިކުފާން ޒިއާރަތެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

 
Copyright © 2009 Ministry of Education. All Rights Reserved