މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޔުނިސެފާ ދެމެދު އެނުއަލް ވޯރކް ޕްލޭންގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ބާއްވަވައިފިއެވެ. މިރަސްމިއްޔާތުއޮތީ މިއަދު މެންދުރުފަހު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސެމިނަރ ރޫމްގައެވެ.

އެނުއަލް ވޯރކް ޕްލޭންގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. މުޞްޠަފާ ލުޠުފީ އެވެ. ޔުނިސެފްގެ ފަރާތުން ސޮއި ކުރެއްވީ ޔުނިސެފްގެ ރެޕްރެޒެންޓެޓިވް މިސްޓަރ. މަންސޫރު އެމް.އަލީ އެވެ.

އެނުއަލް ވޯކްޕްލޭންގައި މނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ މުސްތަފާ ލުތުފީ އާއި ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް މިސްޓަރ. މަންސޫރު އެމް.އަލީ ސޮއިކުރައްވަނީ
ޙަބަރު
15 ޖެނުއަރީ ، 2009
އައްޑު އަތޮޅާއި ފުވައްމުލަކަށް އެޑިޔުކޭޝަން މިނިސްޓަރ ފުރާވަޑައިގެންފި

އައްޑު އަތޮޅާއި ފުވައްމުލަކަށް ކުރައްވާ ދެދުވަހުގެ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް ޑޮކްޓަރ މުޞްޠަފާ ލުޠުފީ މިއަދު މާލޭން ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި އައްޑު އަތޮޅާއި ފުވައް މުލަކުގެ ސްކޫލަތަކަށް ޒިޔާރަތްކުރައްވައި އެތަންތާގެ ޓީޗަރުންނާއި ސްކޫލްތަކުގެ ހިންގުންތެރިންނާއި ބައްދަލުކުރައްވާނެއެވެ. އަދި ދެކުނުގެ ސަރަޙައްދީ އޮފީހުގެ ތަޢުލީމާބެހޭ ޔުނިޓްގެ ހިންގުން އަލްފާޟިލާ ފާތިމަތު ނަސީރުއާ ރަސްމީކޮށް މިދަތުރުފުޅުގައިހަވާލު ކުރެއްވުންވެސް އޮންނާނެއެވެ.

މިނިސްޓަރ މިދަތުރުފުޅު ނިންމަވާލުމަށްފަހު މާލެވަޑައިގަންނަވާނީ މިމަހު 18 ވާ އާދީއްދަވިލޭރޭގައެވެ. މިދަތުރުފުލުގައި އެމިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރ ޝެހެނާޒް އާދަމްއާއި އިސްބައެއް މުއައްޒަފުން ބައިވެރިވެ ވަޑައިގަތެވެ.

 
Copyright © 2009 Ministry of Education. All Rights Reserved