Englishދިވެހި
ޕީ.އީ. މަސައްކަތު ބައްދަލުވުމެއް ފާފު އަދި ދާލު އަތޮޅުގައި ބާއްވައިފި
07 މާޗް 2010
ޕީ.އީ. ޓީޗަރުންނަށް ޚާއްސަ ކުރެވިގެން ބޭއްވުނު މަސައްކަތު ބައްދަލުވުމެއް ފާފު އަދި ދާލު އަތޮޅުގައި ބޭއްވިއްޖެއެވެ. 35 ޓީޗަރުން ބައިވެރިވެ 34 ޓީޗަރުން މަސައްކަތު ބައްދަލުވުން އެކުގައި (ފޭސް 2) ފުރިހަމަ ކުރި މި މަސައްކަތު ބައްދަލުވުމުގެ ހުރިހާ ސެޝަންތަކެއްވެސް ބޭއްވިފައިވަނީ ފާފު ޓީ.އާރ.ސީ. ގައެވެ.

މާރޗް މަހުގެ 5 އިން 6 އަށް ކުރިއަށް ދިޔަ މި މސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޕީ.އީ. ކިޔަވައިދިނުމުގައި އެންމެ ފުރަތަމަ އެގެން ޖެހޭ ބައިތައް އޮޅުން ފިލުވައިދިނުމާއި އެންމެ ފުރިހަމައަށް ޕީ.އީ. ކްލާސްތައް ގެންދާނެ ގޮތް ބައިވެރިންނަށް އޮޅުން ފިލުވައިދިނުމެވެ.

މި މަސައްކަތު ބައްދަލުވުމުގައި ސެޝަންތައް ނަންގަވައިދެއްވި ފަރާތުގެ ދަތުރު ހަމަޖައްސަވައިދެއްވީ ޖަމިއްޔަތުއްޝަބާބުގެ ފަރާތުންނެވެ. އަދި އެ ބޭފުޅާ ރަށުގައި ހުރުމާއި އެހެނިހެން ކަންތައްތައް ހަމަޖައްސަވައިދެއްވީ ޕްރައިމަރީ ޓީޗަރ އަލްފާޟިލް ޢަބްދުލްޣަނީ އިބްރާހިމް އެވެ.
ޝެއާ ކުރައްވާ
| |
ފޮޓޯތައް
© 2009 The Ministry of Education