![]() 07 މާޗް 2010
ހިސާބު މި މާއްދާ އަށް ޚާއްސަ ކުރެވިގެން ވެބްސައިޓެއް 4 މާރޗްގައި ލޯންޗް ކުރެވިއްޖެއެވެ. މިއަހަރުގެ އެންމެ ފުރަތަމަ އެސް.ޓީ.ސީ. ބައްދަލުވުމުގައި މި ވެބްސައިޓް ލޯންޗް ކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. މުޞްޠަފާ ލުޠުފީ އެވެ.
އެސް.ޓީ.ސީ. ބައްދަލުވުންތަކަކީ އެސްކިޑްގެ ލަފާގެ މަތިން ކޮންމެ މާއްދާ އެއް ކިޔަވައިދެއްވާ ހުރިހާ ޓީޗަރުން އެކީ އެއް ތަނަކުން ބައްދަލުވެ، ކިޔަވައިދިނުމާއި އުގެނުމުގައި އެ މާއްދާ އަކުން ދިމާވާ މައްސަލަތަކާއި ބެހޭ ގޮތުން ޚިޔާލު ބަދަލުކޮށް ހެދުމަށް ޓާރމަކު އެއް ފަހަރު ބޭއްވޭ ބައްދަލުވުމެކެވެ. މި އަހަރުގެ ފުރަތަމަ އެސް.ޓީ.ސީ. ބައްދަލުވުން ބޭއްވުނީ ހިސާބު މި މާއްދާ އަށް ޚާއްސަ ކުރެވިގެން ކަލާފާނު ސްކޫލްގައި ކަމަށްވުމާއިއެކު ކަލާފާނު ސްކޫލްގެ އިސްނެގުމާއިއެކު ހިސާބު ވެބްސައިޓެއް ޤާއިމްކުރެވުނީއެވެ. ވެބްސައިޓް ލޯންޗް ކުރެވުނު މި ބައްދަލުވުމުގައި ކަލާފާނު ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ ނާޒްލީން ވާފިރް ދެއްކެވި ވާހަކަފުޅުގައި ޕްރައިމަރީ ކްލާސްތަކުގައި ރަގަޅު ނަތީޖާ ހޯދާ ދަރިވަރުން ސެކަންޑަރީ ތަޢުލީމު ފެށުމާއި އެކު ފެންވަރު ދަށްވެގެން ދާ ކަމާއި މިގޮތަށް ދާ ދިއުމަކީ ކަންބޮޑުވާންޖެހޭނެ މައްސަލައެއް ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ އޮފް އެޑިއުކޭޝަން މި ބައްދަލުވުމުގައި ބައިވެރިންނާއި މުޚާތަބް ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި ޓީޗަރުންނާއި ބައްދަލުވުމަކީ އަބަދުވެސް އެ މަނިކުފާނު ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމެއް ކަމާއި ލޯންޗް ކުރެވިގެންދިޔަ ވެބްސައިޓަކީ ވަރަށް މުހިންމު ވެބްސައިޓެއް ކަމަށެވެ. ހިސާބު ޢިލްމަށް ޚާއްސަ ކުރެވިގެން ހުޅުވުނު ވެބްސައިޓަކީ www.hisaabu.com އެވެ. |
ޝެއާ ކުރައްވާ
ފޮޓޯތައް
|