Englishދިވެހި
އުތުރު ޕްރޮވިންސްގެ ޕީ.ޑީ ކޯޑިނޭޓަރުންނަށް މަސައްކަތު ބައްދަލުވުމެއް ބޭއްވިއްޖެ
09 މާޗް 2010
އުތުރު ޕްރޮވިންސްގެ ސްކޫލުތަކުގެ ވެރިންނަށާއި ޕީ.ޑީ ކޯޑިނޭޓަރުންނަށް ސްކޫލް ބޭސްޑް ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ހިންގާނޭ ގޮތުގެ މަޢުލޫމާތު ހިއްސާކުރުމުގެ ގޮތުން 4 މާރޗް 2010 ން 6 މާރޗް 2020 އަށް ނ.ޓީއާރސީގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި އުތުރު ޕްރޮވިންސްގެ ސްކޫލުތަކުގައި މަސައްކަތްކުރައްވާ 43 ވެރިންނާއި، ޕީޑީ ކޯޑިނޭޓަރުންގެ ގޮތުގައި މަސައްކަތްކުރައްވާނެ 47 ޓީޗަރުން ބައިވެރިވެލެއްވިއެވެ.

މިބައްދަލުވުން ފައްޓަވައިދެއްވީ އުތުރު ޕްރޮވިންސުގެ ޑެޕިޔުޓީ ސްޓޭޓް މިނިސްޓަރ އަލްފާޞިލް މުހަންމަދު ފަހީމެވެ. ދިވެހިސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ބޭއްވި މިބައްދަލުވުމަކީ ސީ.ސީ.އީ. އިން އިންތިޒާމުކޮށްގެން އެސެންޓަރުގެ ޓީޗަރއެޑިޔުކޭޓަރުން ފެސިލިޓޭޓް ކޮށްދެއްވި ބައްދަލުވުމެކެވެ. މީގެއިތުރުން ސީ.ސީއީގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ޢުމަރުވެސް ފެސިލިޓޭޓަރެއްގެ ގޮތުން މިބައްދަލުވުމުގައި މުހިންމު މަޢުލޫމާތުތަކެއް ޙިއްޞާކުރެއްވިއެވެ.

މިބައްދަލުވުމުގައި ޕީޑީ ޕްރޮގްރާމްތައް ސްކޫލުތަކުގައި އިންތިޒާމުކުރާނޭގޮތާއި، ރިޕޯރޓްކުރާނެގޮތާއި ޕޮލިސީއާއި ރެކޯޑްބެލެހެއްޓުންފަދަ މުހިންމު ބައިތައް އޮޅުންފިލުވައިދެވުނެވެ.
ޝެއާ ކުރައްވާ
| |
© 2009 The Ministry of Education