![]() 11 މާޗް 2010
މެދު ޕްރޮވިންސްގައި ހިމެނޭ 3 އަތޮޅުގެ ސްކޫލުތަކުގެ ޤުރުއާން މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރު ތާޒާކުރުމަށް ސެންޓަރ ފޯ ކޮންޓިނުއިންގ އެޑިއުކޭޝަންއާއި މެދު ޕްރޮވިންސާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން މިމަހުގެ 10 އިން 13 އަށް މ. ޓީ އާރ ސީ ގައި ބާއްވާ މި މަސައްކަތު ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޢުލޫމާތުދެވޭނީ ޤުރުއާން މުދައްރިސުންނަށް ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމާއި ކިޔަވައިދިނުމުގައި ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުމާއި އަދި ފެންވަރު ވަޒަންކުރުމުގައި ބޭނުންކުރާނެ ތަފާތު ވަޞީލަތްތަކާއި ބެހޭގޮތުންނެވެ. މި މަސައްކަތު ބައްދަލުވުމުގައި ކިޔަވައިދެނީ ސެންޓަރ ފޯ ކޮންޓިނިއުއިންގ އެޑިއުކޭޝަންގެ ޓީޗަރ އެޑިއުކޭޓަރުންނެވެ.
މި އަހަރު ފެށުނު ޤުރުއާން މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރު ތާޒާކުރުމުގެ މަސައްކަތު ބައްދަލުވުންތަކަކީ މި އަހަރު މުޅި ރާއްޖޭގައި ކިޔަވައިދިނުމުގައި ޙަރަކާތްތެރިވާ ޤުރުއާން މުދައްރިސުންނަށް އަމާޒު ކޮށްގެން ހިންގޭ މަސައްކަތު ބައްދަލުވުން ތަކެކެވެ. މި އަހަރު ނިމޭއިރު ކޮންމެ ސްކޫލެއްގެ މަދުވެގެން އެއް ޤުރުއާން މުދައްރިސް މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިކުރުމަކީ ސެންޓަރ ފޯ ކޮންޓިނުއިން އެޑިއުކޭޝަންގެ އަމާޒެވެ. ޤުރުއާން މުދައްރިސުންނަށް މި ހިންގޭ މަސައްކަތު ބައްދަލުވުމަކީ ވަރަށް ގިނަ ޒަމާންތަކަކަށްފަހު ބޭއްވޭ މަސައްކަތު ބައްދަލުވުންތަކަކަށްވުމުން ބައިވެރިންނާއި ސްކޫލްތަކުން ވަރަށް ފުރިހަމަ އެހީތެރިކަމަކާއި ޝައުޤުވެރިކަމެއް ލިބެއެވެ. |
ޝެއާ ކުރައްވާ
ފޮޓޯތައް
|