![]() 04 ފެބްރުއަރީ 2010
ފެބްރުއަރީ 3 ވަނަ ދުވަހު މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވުނު ޚާއްސަ ބައްދަލުވުމެއްގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޔުނިސެފްގެ އަހަރީ ވަރކް ޕްލޭންގައި ސޮއި ކުރެވިއްޖެއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިނިސްޓަރ ޑރ. މުޞްޠަފާ ލުޠުފީ އާއި ބައެއް އިސް ވެރިން އަދި ޔުނިސެފްގެ ފަރާތުން ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް މރ. މަންސޫރް ޢަލީ އަދި ޔުނިސެފްގެ ބައެއް ބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މިއަހަރަށް ޕްލޭންގައި ޔުނިސެފާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރުމަށް ފާހަގަ ކުރެވިފައިވާ ބައެއް ދާއިރާ ތަކަކީ ޕްރީ އަދި ޕްރައިމަރީ ސްކޫލްތަކުގެ ފެންވަރު ރަގަޅު ކުރުމާއި ޤައުމީ މަންހަޖްގެ ފްރޭމްވަރކް ރަގަޅު ކުރުމާއި ސްކޫލްތަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ރަގަޅު ކުރުމާއި އަދި ތިމާވެށީގެ ޢިލްމު ކިޔަވައިދިނުމާއި ބެހޭ ގޮތުންނެވެ. މި ބައްދަލުވުމުގައި ޔުނިސެފްގެ ފަރާތުން މިނިސްޓްރީ އަށް ލިބެމުންދާ އެހީތަކަށްޓަކައި މިނިސްޓަރ އެ ފަރާތަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ޔުނިސެފް ފަދަ އެހީތެރި ބައިވެރި އަކު މިނިސްޓްރީ އަށް ލިބިފައިވާތީ އުފާ ކުރައްވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. |
ޝެއާ ކުރައްވާ
ފޮޓޯތައް
|