|
15 ފެބްރުއަރީ 2010
ޤުރުއާން މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރު ތާޒާކުރުމުގެ ގޮތުން އުތުރު ޕްރޮވިންސުގެ ސްކޫލުތަކުގެ ޤުރުއާން މުދައްރިސުންނަށް ފެބުރުއަރީ 11 ން 15 އަށް މަސައްކަތު ބައްދަލުވުމެއް ނ. ވެލިދޫގައި ހުންނަ ނ.ޓީއާރ ސީގައި ކުރިއަށް އެބަދެއެވެ.
މިވޯކްޝޮޕަކީ މިނިސްޓަރީ އޮފް އެޑިޔުކޭޝަނާއި ސީ.ސީ.އީއާއި، އުތުރު ޕޮރޮވިންސް އޮފީހާއި، ނ.ޓީއާރސީގުޅިގެން އުތުރު ޕްރޮވިންސުގެ ސްކޫލުތަކުން 48 ޤުރުއާން މުދައްރިސުން ބައިވެރިކޮށްގެން ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގޭ ވޯކްޝޮޕެކެވެ. މިވޯކްޝޮޕުގައި ކިޔަވައިދެއްވަނީ ސީ.ސީ.އީގެ ޓީޗަރ އެޑިޔުކޭޓަރުންނެވެ. މިވޯކްޝޮޕުގައި ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ޤުރުއާން ކިޔަވައިދިނުން ބައްޓަންކުރާނެ ގޮތްތަކާއި، ޒަމާނީ ވަޞީލަތްތަތް ތައްޔާރުކުރުމާއި، ފިލާވަޅުރޭވުމާއި، ލެޝަންތައް ތައްޔާރުކުރާނެ ގޮތްތަކާއި ކުދިން އެސެސްކުރާނެ ގޮތްތައްފަދަ މުހިންމު ބައިތައް ޓީޗަރުންނަށް އުގަންނައިދެވޭނެއެވެ. މިފަދަ އިތުރު ވޯކްޝޮޕްތައް އެހެން ޕްރޮވިންސްތަކުގައިވެސް މިއަހަރު ހިންގުމަށް ވަނީ ހަމަޖެހިފައެވެ. |
ޝެއާ ކުރައްވާ
|