Englishދިވެހި
ޓީޗަރުން ލެޕްޓޮޕް ގެންދަން ފަށައިފި
22 ފެބްރުއަރީ 2010
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޓީޗަރުންނަށް ލެޕްޓޮޕް ދޫކުރުމަށް އުފައްދާފައިވާ ސްކީމްގެ ދަށުން ޓީޗަރުން ލެޕްޓޮޕް ގެންދަވަން ފައްޓަވައިފިއެވެ. 22 ފެބްރުއަރީ 2010 ވަނަ ދުވަހު އެ ސްކީމްގެ ދަށުން އެންމެ ފުރަތަމަ ލެޕްޓޮޕް ގެންދެވީ ތުޅާދޫ ސްކޫލްގެ ޓީޗަރ އަޙުމަދު މަޢުޞޫމްއެވެ. މަޢުޞޫމް ހާމަކުރައްވި ގޮތުގައި ޓީޗަރުން އަތުގައި ލެޕްޓޮޕް ހުރުމުން ކިޔަވާދިނުމުގެ މަސައްކަތަށް ވަރަށް ބޮޑުތަން ފަސޭހަވެ، ކުދިންނަށް ދެވޭ މަޢުލޫމާތު އިތުރުވެ، އޭގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.

މިއަދާއި ހަމައަށް ގިނަޓީޗަރުންތަކެއް މިސްކީމްގެ ދަށުން ލެޕްޓޮޕް ހޯދުމަށް އެދިފައިވެއެވެ.
ޝެއާ ކުރައްވާ
| |
ފޮޓޯތައް
© 2009 The Ministry of Education