|
ޚަބަރު
11 މާޗް 2010
މެދު ޕްރޮވިންސްގައި ހިމެނޭ 3 އަތޮޅުގެ ސްކޫލުތަކުގެ ޤުރުއާން މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރު ތާޒާކުރުމަށް ސެންޓަރ ފޯ ކޮންޓިނުއިންގ އެޑިއުކޭޝަންއާއި މެދު ޕްރޮވިންސާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން މިމަހުގެ 10 އިން 13 އަށް މ. ޓީ އާރ ސީ ގައި ބާއްވާ މި މަސައްކަތު ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޢުލޫމާތުދެވޭނީ ޤުރުއާން މުދައްރިސުންނަށް ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމާއި ކިޔަވައިދިނުމުގައި
10 މާޗް 2010
ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ކިޔަވައިދިނުން ބިނާކުރެވިފައިވާ ޤައުމީ މަންހަޖަށް ފާޑުކިޔުމަކީ މިއަދު ކޮންމެ ފަރާތަކަށްވެސް ކުރެވިދާނެ ކަމެކެވެ. މި ގޮތުން ފާޑުކިޔުމަށް ބޭނުންފުޅު ފަރާތްތަކަށް ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ކަރިކިއުލަމް ބްލޮގް http://nationalcurriculumreform.blogspot.com އިން ފްރޭމްވަރކް ފެނިވަޑައިގަންނަވާނެއެވެ.
ރާއްޖޭގެ ސްކޫލްތަކުގެ ޔޫކޭޖީ އިން ފެށިގެން މަތީ ޘާނަވީ އާއި ހަމައަށް ހިމެނޭ ބައިތައް މިފަހަރުގެ ޤައުމީ މަންހަޖްގައި ހިމެނިފައިވާނީ މައިގަނޑު ތިން
10 މާޗް 2010
ދެކުނު ޕްރޮވިންސްގެ ޕީޑީ ކޯރޑިނޭޓަރުންނަށް ޚާއްސަ ކުރެވިގެން ބާއްވާ މަސައްކަތު ބައްދަލުވުމެއް ކުރިއަށް އެބަދެއެވެ. މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. މުޞްޠަފާ ލުޠުފީ ފައްޓަވައިދެއްވި މި ބައްދަލުވުން 42 ގަޑިއިރަށް ކުރިއަށް ގެންދެވޭނެއެވެ.
މި މަސައްކަތު ބައްދަލުވުމުގައި ސެޝަންތައް ނަންގަވައިދެއްވަނީ ސީ.ސީ.އީ. އަދި ޓީ.އާރ.ސީ. ތަކުގެ ކޯޑިނޭޓަރުންނެވެ. ޔުނިސެފްގެ އެހީގައި ކުރިއަށް ގެންދެވޭ މި ބައްދަލުވުމުގައި 18 ސްކޫލަކުން ޖުމްލަ 19 ޕީޑީ ކޯރޑިނޭޓަރުން
09 މާޗް 2010
އުތުރު ޕްރޮވިންސްގެ ސްކޫލުތަކުގެ ވެރިންނަށާއި ޕީ.ޑީ ކޯޑިނޭޓަރުންނަށް ސްކޫލް ބޭސްޑް ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ހިންގާނޭ ގޮތުގެ މަޢުލޫމާތު ހިއްސާކުރުމުގެ ގޮތުން 4 މާރޗް 2010 ން 6 މާރޗް 2020 އަށް ނ.ޓީއާރސީގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
މިބައްދަލުވުމުގައި އުތުރު ޕްރޮވިންސްގެ ސްކޫލުތަކުގައި މަސައްކަތްކުރައްވާ 43 ވެރިންނާއި، ޕީޑީ ކޯޑިނޭޓަރުންގެ ގޮތުގައި މަސައްކަތްކުރައްވާނެ 47 ޓީޗަރުން ބައިވެރިވެލެއްވިއެވެ.
މިބައްދަލުވުން ފައްޓަވައިދެއްވީ އުތުރު
09 މާޗް 2010
މާލޭގެ ސަރަހައްދުގައި ހުރި ސަރުކާރު ސްކޫލްތަކުގެ ޓިޗަރުންނަށް އަމާޒު ކުރައްވައިގެން ހިންގަވާ އައި.ސީ.ޓީ. މަސައްކަތު ބައްދަލުވުމެއް ފެށިގެން ކުރިއަށް އެބަދެއެވެ. 6 މާރޗް ގައި ފެށުނު މި ބައްދަލުވުން 10 މާރޗް އާއި ހަމައަށް ކުރިއަށް ދާނެއެވެ.
17 ޓީޗަރުން ބައިވެރިވެވަޑައިގަންނަވާ 20 ގަޑިއިރުގެ މި މަސައްކަތުގެ ވުމުގެ މަޤްސަދަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އުގަންނައިދިނުމަށް ބޭނުންވާނެ ތަފާތު މަޢުލޫމާތާއި ހުނަރު ބައިވެރިންނަށް
08 މާޗް 2010
މެދުއުތުރު ޕްރޮވިންސްގެ ސްކޫލުތަކުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ކޯޑިނޭޓަރުންގެ މަސައްކަތު ބައްދަލުވުމެއް މިއަދު ކ. އަތޮޅު ޓީޗަރ ރިސޯސް ސެންޓަރގައި ފައްޓަވައިފިއެވެ. މިހިނގާ މާރޗް މަހުގެ 7ން 14އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިބައްދަލުވުމުގައި މެދުއުތުރު ޕްރޮވިންސްގެ 29 ސްކޫލެއްގެ ޕްރޮފެޝަނަލް ޑިވޮލޮޕްމަންޓް ކޯޑިނޭޓަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.
މިމަސައްކަތު ބައްދަލުވުމުގެ މަޤްސަދަކީ ދިވެހި ރާއްޖޭގެ ސްކޫލުތަކުގައި ޕްރޮފެޝަނަލް ޑިވޮލޮޕްމަންޓް ހިންގުމުގެ ޕޮލިސީއާއި އެއްގޮތްވާގޮތުގެ މަތިން ސްކޫލުތަކުގެ
07 މާޗް 2010
ހިސާބު މި މާއްދާ އަށް ޚާއްސަ ކުރެވިގެން ވެބްސައިޓެއް 4 މާރޗްގައި ލޯންޗް ކުރެވިއްޖެއެވެ. މިއަހަރުގެ އެންމެ ފުރަތަމަ އެސް.ޓީ.ސީ. ބައްދަލުވުމުގައި މި ވެބްސައިޓް ލޯންޗް ކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. މުޞްޠަފާ ލުޠުފީ އެވެ.
އެސް.ޓީ.ސީ. ބައްދަލުވުންތަކަކީ އެސްކިޑްގެ ލަފާގެ މަތިން ކޮންމެ މާއްދާ އެއް ކިޔަވައިދެއްވާ ހުރިހާ ޓީޗަރުން އެކީ އެއް ތަނަކުން ބައްދަލުވެ، ކިޔަވައިދިނުމާއި އުގެނުމުގައި އެ މާއްދާ
07 މާޗް 2010
ޕީ.އީ. ޓީޗަރުންނަށް ޚާއްސަ ކުރެވިގެން ބޭއްވުނު މަސައްކަތު ބައްދަލުވުމެއް ފާފު އަދި ދާލު އަތޮޅުގައި ބޭއްވިއްޖެއެވެ. 35 ޓީޗަރުން ބައިވެރިވެ 34 ޓީޗަރުން މަސައްކަތު ބައްދަލުވުން އެކުގައި (ފޭސް 2) ފުރިހަމަ ކުރި މި މަސައްކަތު ބައްދަލުވުމުގެ ހުރިހާ ސެޝަންތަކެއްވެސް ބޭއްވިފައިވަނީ ފާފު ޓީ.އާރ.ސީ. ގައެވެ.
މާރޗް މަހުގެ 5 އިން 6 އަށް ކުރިއަށް ދިޔަ މި މސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ
04 މާޗް 2010
މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ސައުތު ޕްރޮވިންސާއި، ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަން ގުޅިގެން ސ އަދި ޏ އަތޮޅުގެ ޡާނަވީ އަދި މެދުމަދުރަސި މަރުހަލާގައި އިސްލާމާއި ދިވެހި ކިޔަވައިދެއްވާ މުދައްރިސުންނަށް އަމާޒުކޮށްގެން 4 ދުވަހުގެ މުއްދަތަށް ބާއްވާ މަސައްކަތު ބައްދަލުވުމެއް ފެށިއްޖެއެވެ.
މިމަހުގެ 03 ވަނަ ދުވަހުން ފެށިގެން 06 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމުގައި މި ދެ
03 މާޗް 2010
"ކޮންމެ ޓީޗަރަކަށް ލެޕްޓޮޕެއް" މި ޕްރޮގްރާމްގެ ދަށުން ސްކޫލްތަކުގެ ޓީޗަރުންނަށް ލެޕްޓޮޕް ހޯދާދިނުމުގައި ސްކޫލްތަކުން އެހީތެރިވަމުން އެބަދެއެވެ. ޓީޗަރުން ވިދާޅުވާގޮތުގައި ތަފާތު ގޮތްތައް ބޭނުން ކޮށްގެން ކިޔަވައިދިނުމަކީ ދަރިވަރުންގެ ޝައުޤުވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެންދާ ކަމެކެވެ.
"ކޮންމެ ޓީޗަރަކަށް ލެޕްޓޮޕެއް"، މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ބެލުމުގެ ދަށުން ފެއްޓިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވީ 2009 ވަނަ އަހަރުގެ
24 ފެބްރުއަރީ 2010
ރާއްޖޭގެ ޘާނަވީ މަދަރުސާ ތަކުގެ ޓީޗަރުން ތަމްރީން ކުރުމަށްޓަކައި އިންތިޒާމު ކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުމުގެ ބުރެއް މިހިނގާ ފެބްރުއަރީ މަހުގެ 23 އިން 25 އަށް ބޭއްވޭނެއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ކޭމްބްރިޖް އިންޓަރނޭޝަނަލް އެގްޒެމިނޭޝަންސް (ސީ.އައި.އީ) އާއި ގުޅިގެން 2000 ވަނަ އަހަރުން ފެށިގެން މިފަދަ ތަމްރީން ބުރުތައް ބޭއްވެމުން އާދެއެވެ. މިއަހަރުގެ މަސައްކަތު ބައްދަލުވުން ޚާއްސަ ކޮށްފައިވަނީ އައި.ޖީ.ސީ.އެސް.އީ.
23 ފެބްރުއަރީ 2010
ދެކުނު ޕްރޮވިންސްގެ ސްކޫލްތަކުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ކޯރޑިނޭޓަރސް އަށާއި ސްކޫލްތަކުގެ ވެރިންނަށް އަމާޒު ކުރައްވައިގެން ކުރިއަށް ގެންދެވުނު އެޑްވޮކަސީ މަސައްކަތު ބައްދަލުވުމެއް ސީނު އަތޮޅުގައި ބޭއްވިއްޖެއެވެ.
ދެކުނު ޕްރޮވިންސްގެ ފަރާތުން ރާވާ އިންތިޒާމް ކުރެވިގެން ފެބްރުއަރީ މަހުގެ 21 އިން 22 އަށް ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި ސްކޫލްތަކުގެ ވެރިންގެ ތެރެއިން 16 ބޭފުޅުންނާއި ޕްރޮފެޝަނަލް ކޯރޑިނޭޓަރުންގެ 16 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ
22 ފެބްރުއަރީ 2010
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޓީޗަރުންނަށް ލެޕްޓޮޕް ދޫކުރުމަށް އުފައްދާފައިވާ ސްކީމްގެ ދަށުން ޓީޗަރުން ލެޕްޓޮޕް ގެންދަވަން ފައްޓަވައިފިއެވެ. 22 ފެބްރުއަރީ 2010 ވަނަ ދުވަހު އެ ސްކީމްގެ ދަށުން އެންމެ ފުރަތަމަ ލެޕްޓޮޕް ގެންދެވީ ތުޅާދޫ ސްކޫލްގެ ޓީޗަރ އަޙުމަދު މަޢުޞޫމްއެވެ. މަޢުޞޫމް ހާމަކުރައްވި ގޮތުގައި ޓީޗަރުން އަތުގައި ލެޕްޓޮޕް ހުރުމުން ކިޔަވާދިނުމުގެ މަސައްކަތަށް ވަރަށް ބޮޑުތަން ފަސޭހަވެ، ކުދިންނަށް ދެވޭ
20 ފެބްރުއަރީ 2010
މިއަދު ހެދުނު ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ އޮޑިޓޯރިއަމް ގައި ބޭއްވުނު ހަފްލާއެއްގައި އިންޑިއާގެ ކުރީގެ ރައީސް ޑރ. އޭ.ޕީ.ޖޭ. ޢަބްދުލް ކަލާމް ދިވެހިރާއްޖޭގެ ޘާނަވީ ސްކޫލްތަކާއި ކޮލެޖް ދަރިވަރުންނާއި ބައްދަލު ކުރައްވައިފިއެވެ.
ޑރ. ކަލާމް ކޮލެޖަށް ވަޑައިގެންނެވުމާއިއެކު އެމަނިކުފާނުގެ ޝަރަފްގައި ގާރޑް އޮފް އޮނަރ އެއް އެރުވުނެވެ. ޑރ. ކަލާމް އަށް މަރްޙަބާ ދެންނެވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. މުޞްޠަފާ ލުޠުފީ،
18 ފެބްރުއަރީ 2010
ސަރުކާރުން ހިންގާ ޘާނަވީ ސްކޫލްތަކުގެ ތެރެއިން މާލޭ ޒޯންގައި ހިމެނޭ ސްކޫލްތަކުގެ މަޢުލޫމާތު ބަދަލުކުރުމުގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. އެސްކިޑްގެ ކޮންފަރެންސް ހޯލްގައި ބޭއްވުނު މި ބައްދަލުވުމަކީ އެސްކިޑް އިން ރާވާ ހިންގުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މާލެ ޒޯންގައި ހިމެނޭ ހުރިހާ ޘާނަވީ ސްކޫލްތަކުގެ އިސްވެރިން 2010 ވަނަ އަހަރު ފެށުމުގެ ގޮތުން ވީ ތައްޔާރީތަކާއި އަދި އެ ކަންތައްތައް ކުރިއަށް
15 ފެބްރުއަރީ 2010
ޤުރުއާން މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރު ތާޒާކުރުމުގެ ގޮތުން އުތުރު ޕްރޮވިންސުގެ ސްކޫލުތަކުގެ ޤުރުއާން މުދައްރިސުންނަށް ފެބުރުއަރީ 11 ން 15 އަށް މަސައްކަތު ބައްދަލުވުމެއް ނ. ވެލިދޫގައި ހުންނަ ނ.ޓީއާރ ސީގައި ކުރިއަށް އެބަދެއެވެ.
މިވޯކްޝޮޕަކީ މިނިސްޓަރީ އޮފް އެޑިޔުކޭޝަނާއި ސީ.ސީ.އީއާއި، އުތުރު ޕޮރޮވިންސް އޮފީހާއި، ނ.ޓީއާރސީގުޅިގެން އުތުރު ޕްރޮވިންސުގެ ސްކޫލުތަކުން 48 ޤުރުއާން މުދައްރިސުން ބައިވެރިކޮށްގެން ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގޭ ވޯކްޝޮޕެކެވެ.
14 ފެބްރުއަރީ 2010
މުޖުތަމަޢަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖޭގެ ތަޢުލީމުގެ ޤައުމީ މަންހަޖަށް ގެންނަންޖެހެނީ ކޮންކަހަލަ ބަދަލުތަކެއްތޯ ބެލުމަށް އާންމު ޚިޔާލު ހޯދުމުގެ ގޮތުން އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި 2009 ގެ ސެޕްޓެމްބަރ މަހު ދިވެހިރާއްޖޭގެ ޤައުމީ މަންހަޖު އިޞްލާޙްކުރުމަށް މަހާސިންތާއެއް ބޭއްވިފައިވެއެވެ. މިމަހާސިންތާއިން ލިބުނު ޚިޔާލުތަކާއި ތަޢުލީމީ ދާއިރާގެ ފަންނީ ބޭފުޅުންނާއި އާންމުންގެ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ތަޢުލީމުގެ ޤައުމީ މަންހަޖުގެ އޮނިގަނޑު
09 ފެބްރުއަރީ 2010
2010 ވަނަ އަހަރު ދަރިވަރުން ކިޔަވަމުން ގެންދާ މާއްދާ ތަކުން ކުރިއެރުން ހޯދުމުގެ ލަނޑުދަނޑި އިޢުލާން ކުރައްވައިފިއެވެ. ދަރުބާރުގޭ ފަންސަވީހުގައި ބޭއްވުނު މީޑިއާ ކޮންފަރެންސެއްގައި ނިމިދިޔަ 2009 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނު ތަކުގެ ނަތީޖާ އާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. މުޞްޠަފާ ލުޠުފީ ވިދާޅުވީ 2008 ވަނަ އަހަރަށްވުރެ ރަގަޅު ނަތީޖާ އެއް
04 ފެބްރުއަރީ 2010
ފެބްރުއަރީ 3 ވަނަ ދުވަހު މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވުނު ޚާއްސަ ބައްދަލުވުމެއްގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޔުނިސެފްގެ އަހަރީ ވަރކް ޕްލޭންގައި ސޮއި ކުރެވިއްޖެއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިނިސްޓަރ ޑރ. މުޞްޠަފާ ލުޠުފީ އާއި ބައެއް އިސް ވެރިން އަދި ޔުނިސެފްގެ ފަރާތުން ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް މރ. މަންސޫރް ޢަލީ އަދި ޔުނިސެފްގެ ބައެއް ބޭފުޅުން
28 ޖެނުއަރީ 2010
ޑިޕާރޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އިން މަޢުލޫމާތުދޭ ގޮތުގައި 2009 ވަނަ އަހަރު ބޭއްވުނު އައި.ޖީ.ސީ.އެސް.އީ. އިމްތިހާނާއި އެސް.އެސް.ސީ. އިމްތިހާނުގެ ވަގުތީ ނަތީޖާ އެ ޑިޕާރޓްމަންޓަށް ލިބިއްޖެއެވެ. ވެއަތުވެދިޔަ 2009 ވަނަ އަހަރު ޖުމްލަ 10250 ދަރިވަރުން އައި.ޖީ.ސީ.އެސް.އީ. އިމްތިހާނުގައި އަދި 8212 ދަރިވަރުން އެސް.އެސް.ސީ. އިމްތިހާނުގައި ރާއްޖެ އިން ބައިވެރިވި އެވެ.
ނަތީޖާތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 31 އިން ފެށިގެން
|