|
މިނިސްޓްރީ އޮފް އެޑިއުކޭޝަން މަސައްކަތް ކުރަނީ ސަރުކާރު ނޫން ފަރާތްތަކާއި ބެލެނިވެރިންނާއި އަދި އެހެނިހެން ތަމްރީން ދޭ ފަރާތް ތަކާއި ގުޅިގެން ދިވެހި ރާއްޖޭގެ ޒުވާނުންނަށް ތަޢުލީމީ ގޮތުން އެންމެ ރަގަޅު ގޮތްތަކަކީ ކޮބައިކަން ހޯދުމަށެވެ.
ބެލެނިވެރިން ބައިވެރި ކޮށްގެން ހިންގާ ޕްރޮގްރާމްތައް ރޭވިފައިވަނީ ތަޢުލީމް ދޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކޮށް، ތަޢުލީމީ ދާއިރާގައި އެކުލަވައި ލެވިފައިވާ ޤަވާޢިދު ތަކަކީ ޤަބޫލް ކުރެވޭ އަދި ރާއްޖޭގެ އާދަކާދަތަކަށްފެތޭ ޤަވާޢިދު ތަކެއްތޯ ބެލުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހުރިހާ ދަރިވަރުންނަށްވެސް ފެންވަރު ރަގަޅު ތަޢުލީމެއް ލިބިގެންދާނެއެވެ. |