|
މި މިނިސްޓްރީގެ އަމާޒަކީ، ޤަޢުމީ ހަމަތަކުގައި ހިފެހެޓޭފަދަ ނިޒާމްއެއް ޤާޢިމްކޮށް ބެލެހެއްޓުމެވެ. އަދި ތަފާތު ދާއިރާ ތަކާއި ޖަމާއަތުގެ ބޭނުން ތަކަށް އެކަށީގެންވާފަދަ ފަންނީ، އިޖްތިމާއީ، ޒިންމާދާރު، ބައެއް އުފައްދައި އެފަރުދުންނަކީ ޤަޢުމީ ފެންވަރުގައި ފާހަގަ ކުރެވޭފަދަ ބަޔަކަށް ހެދުމެވެ.
މިނިސްޓްރީ އިން މަސައްކަތް ކުރަނީ ފެންވަރު ރަގަޅު ތަޢުލީމީ ނިޒާމެއް އުފައްދާ ދަރިވަރުންގެ ގައިގާ ހުނަރުތަކާއި ރިވެތި ޢާދަތަކާއި ޢިލްމު އަދި ދިގުމުއްދަތުގެ ކިޔެވުމާއި އިޖްތިމާއީ މަޞްލަޙަތު އަށަގެނެވުމަށްޓަކައި ސްޓްރެޓެޖިކް ޕްލޭން ތަކާއި ޤަވާޢިދުތައް ތައްޔާރުކޮށް އެފަދަ ޕްރޮގްރާމްތަށް ޤަޢުމީފެންވަރުގައި ހިންގުމެވެ. އެޑިއުކޭޝަން މިނިސްޓްރީ އާއި އެކިއެކި ތަފާތު ތަޢުލީމީ ޙިއްޞާދާރުން ގުޅިގެން މަސައްކަތް ކުރައްވަނީ ކޮންމެ ކުއްޖެއް އަދި ސްކޫލް ތަކުގައި މަސައްކަތްކުރާ މީހުންނަށް ރައްކާތެރިކަމާއި އިޙްތިރާމް ލިބިގެންދާނެ އަދި އަގު ވަޒަން ކުރެވިގެންދާފަދަ ތަޢުލީމީ ވެއްޓެއް އުފެއްދުމަށެވެ. |