ށ. ޅައިމަގު ސްކޫލްގައި 4 ކްލާސްރޫމްގެ އާ އިމާރާތެއް އަޅަނީ


2017-06-01

ށ. ޅައިމަގު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެ ސްކޫލްގައި 4 ކްލާސް ރޫމްގެ އާ އިމާރާތެއް އެޅުމަށް ޓްރައިކޯ އިންވެސްޓްމަންޓް އާއިއެކު އެޑިޔުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައިމިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް،އިބްރާހިމް އިސްމާއިލް އަލީ އެވެ. ޓްރައިކޯ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ އާދަމް ސައީދުއެވެ.

ޅައިމަގު ސްކޫލްގެ އާ އިމާރާތް އެޅުމަށް ޓްރައިކޯ އިންވެސްޓްމަންޓް އާއި ހަވާލުކޮށްފައިވަނީ 2498306.46 ރ. (ދެމިލިއަން ހަތަރުލައްކަ ނުވަދިހައަށްހާސް ތިންސަތޭކަހަ ރުފިޔާ ސާޅީސްހަ ލާރި) އަށެވެ. އެފަރާތާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 110 ދުވަހުގެތެރޭގައި މަސައްކަތް ނިންމުމަށެވެ.  

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިބްރާހިމް އިސްމާއިލް ވިދާޅުވީ 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އިމާރާތުގެ މަސައްކަތް މުޅިން ނިމި 2018 ވަނަ އަހަރުގެ ފުރަތަމަ ޓާމް ގެ ކިޔެވުން ފެށޭއިރު އިމާރާތުގެ ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

މިއަދު ސޮއިކުރެވުނު މަޝްރޫއު އާއިއެކު ޕީ.އެސް.އައި.ޕީގެ ތެރެއިން މިހާރު ޖުމްލަ 53 މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާ އިރު، އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން މަޝްރޫއުތަކުގެ 96% މަޝްރޫއު ނިމި އާ އިމާރާތްތަކުގެ ބޭނުންކުރަން ފެށުމެވެ.