ޅ. އަތޮޅު މަދަރުސާގައި އިމާރާތްކޮށްފައިވާ 06 ކްލާސްރޫމްގެ ދެބުރި އިމާރާތް ސްކޫލާ ހަވާލުކޮށްފި


2017-07-12

ޅ. ކުރެންދޫ ގައި ހުންނަ ޅ. އަތޮޅު މަދަރުސާގައި އިމާރާތްކޮށްފައިވާ 06 ކްލާސްރޫމްގެ ދެބުރި އިމާރާތް ސްކޫލާ ހަވާލުކޮށްފިއެވެ.

މި ހަ ކްލާސްރޫމްގެ މަސައްކަތް ނިންމައި ސްކޫލާއި ހަވާލުކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.  ޅ. އަތޮޅު މަދަރުސާގެއާޢިމާރާތުގެމަސައްކަތްމިނިސްޓްރީއޮފްއެޑިޔުކޭޝަނުންހަވާލުކޮށްފައިވަނީއަމިއްލަކުންފުންޏެއްކަމަށްވާ އެމްއެސްބީ ކޮންސްޓްރަކްޝަން ކޮމްޕެނީޕްރައިވެޓް ލިމިޓެޑާއެވެ. 4.4 މިލިޔަން ރުފިޔާގެ މި މަޝްރޫއުއެކުންފުންޏާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ޅ. އަތޮޅު މަދަރުސާއަށް އަލަށް އިތުރުކުރި ބަޔާއެކު އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުވެގެންދާނެ އެވެ. ޅ. އަތޮޅު މަދަރުސާ އަކީ ގްރޭޑް ދިހަ އަކާއި ހަމައަށް ކިޔަވައިދެމުންގެންދާ ސްކޫލެކެވެ. މި ސްކޫލްގައި 317 ކުދިން ތައުލީމް ހާސިލްކުރަމުން ދެއެވެ.