މިނިސްޓްރީ އޮފް އެޑިޔުކޭޝަންއާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އަދި އަލިފުޅު ތުއްތު ފައުންޑޭޝަން ގުޅިގެން ރާއްޖޭގެ ސްކޫލް ތަކުގައި މަސައްކަތްކުރާ ސްކޫލް ހެލްތު އޮފިސަރުންނަށް އަމާޒުކޮށްގެން " ޞިއްޙަތާއި ދުޅަހެޔޮކަން އަދި ކެންސަރ ބަލީގމައުލޫމާތާއި ފޯރުކޮށްދިނުމަށް ހިންގާ 4 ދުވަހުނގެ މަސައްކަތުބައްދަލުވުމެއް ސެޕްޓެމްބަރ 11 ން 14 ޕޮލިޓެކުނިކުގެ ސެމިނާރ ރޫމުގައި ކުރިއަށްދާނެއެވެ.
މިޓްރީންގ ގެ މަގުޞަދަކީ: ސްކޫލްތަކުގައި ހިންގާ ހެލްތު ސްކްރީނިންގ ފާހަގަކުރެވިފައިވާ ބައެއް ޚާއްޞަ ޞިއްހީ މައްސަލަތައްކަމުގައިވާ އަންގައިގެ ށިއްހަތާއި، ނިއުޓުރިޝަން، ހައިޖިންގ ފަދަ މައްސަލަތަކާއި ގުޅޭ ގޮތުން ސްކޫލްފެންވަރުގައި ހިންގާނެ ތަފާތު އހަރަކާތަތަކާއި މެދު މަސްވަރާކޮށް މިހަރަކާތައް އަށުފެންވަރުގެ ޞިއްޙީ މަސައްކަތްތެރިންނާއި ގުޅިގެން ހިންގާނެ ގޮތް އޮޅުފިލުވަދިނުމާއި ޗައިލް ކެންސަރ އާއި ޖެނެރަލް ކެންސަރގެ މައުލޫމާތު ސްކޫލް ހެލްތު އޮފިސަރުން މެދުވެރިކޮށް ސްކޫލްތަކުގެ ބެލެނިވެރިންނަށާއި ޓިޗަރުންނަށް އަދި ދަރިވަރުންނަށް ފޯރުކޮށްދެވޭނެ ގޮތަތައް ދަސްކޮށްދީ އަދި ސްކޫލގައި ތައުލީމު ހާސިލްކުރަމުންދާ ދިގުމުއްދަތެއްގައި ފަރުވާ ކުރާ ދަރިވަރުންނަށް ސްކޫލުގެ މާހައުލުން ދޭންޖެހޭ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި މިކަންކަން ބެލެހެއްޓޭނެ ހަރުދަނާނިޒާމެއް ގާއިމުކުރުމެވެ.
މިމަސައްކަތުބައްދަލުވުމުގައި މިފަހަރު ބައިވެރި ކުރެވިފައިވަނީ އަތޮޅުތެރެއިން ހޮވާލެވުނު 30 ސްކޫލުން 30 ބޭފުޅުންނެވެ. މީގެ 2ވަނަ މަސައްކަތުބައްދަލުވުން 25 ސެޕްޓެމަބަރ 2017ގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ދެ މަސައްކަތު ބައްދަލުވުމުގައިވެސް ކިޔަވަދެއްވާނީ ރާއްޖޭގެ ފަންނީ ބޭފުޅުންނެވެ.
===============