" ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް " އިފްތިތާހް ކުރައްވައިފިއެވެ.


2019-08-21

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށްގެންދާ " ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް " އިފްތިތާހް ކުރައްވައިފިއެވެ. މިކަމަށްޓަކައި ޣިޔާސުއްދީންސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މި ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު ޢަލީ އެވެ.

މިޕްރޮގުރާމަކީ މިސަރުކާރުގެ ރައްކާތެރި މުޖުތަމައުއެއް ބިނާކުރުމުގެ ސިޔާސަތުތަންފީސްކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކެޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ސްކޫލް ދަރިވަރުން މަގުމަތީގެ ޤަވާއިދުތަކަށް އަހުލުވެރިކުރުވައި،މުޖުތަމަޢުގެ ރައްކާރެތިކަމަށް މަސައްކަތްކުރަން ޝައުޤުވެރިކުރުވައި ސްކޫލް ހިމެނޭ ސަރަޙައްދުގެ ޓްރެފިކު މެނޭޖުކޮށް ބެލެހެއްޓުމުގައި ޓްރެފިކު ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރާނެގޮތް ދަރިވަރުންނަށް ދަސްކޮށްދީ ދަރިވަރުން މިފަދަކަންކަމަށް އަހުލުވެރިކުރުމަށް ހިންގޭ ޕްރޮގްރާމެކެވެ.

މިޕްރޮގުރާމުގެ ހިންގަން ރޭވިފައިވަނީ އާބާދީ ބޮޑެތި އަދި ފުލުހުން އެރަށެއްގައި ސްޓޭޝަންވެފައި ތިބި ރަށުގެ ސުކޫލުތަކަށް އަމާޒުކޮށްގެންނެވެ. ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ތަމްރީނުކުރެވޭނީ ގްރޭޑް 7,8,9 ގެ ދަރިވަރުން، މިދަރިވަރުން ސްކޫލް ސަރަޙައްދުގައި ޙަރަކާތްތެރިވާ ޓްރެފިކު ފުލުހުންނާއެކު، ސްކޫލާއި ޓްރެފިކް ފުލުހުން ކަނޑައަޅާ އުސޫލެއްގެމަތިން ސްކޫލް ސަރަޙައްދުގައި ޙަރަކާތްތެރިކުރެވޭނެއެވެ. މިގޮތަށް މިމަސައްކަތުގައި ދަރިވަރުން ބައިވެރިކުރުމުން އެދަރިވަރުންނަށް މަގުމަތީގެ ޤަވާއިދުތަކަށް އަހުލުވެރިވެ،މުޖުތަމަޢުގެ ރައްކާރެތިކަމަށް ޒިންމާދާރުކަމާއެކު މަސައްކަތުގެ މަސްޢޫލިއްޔަތު އުފުލަން ދަސްވެގެންދާނެއެވެ.