ބްރިޖު ޖެލެންޖް ޓްރިޕްގެ ބައިވެރިންނާ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ބައްދަލުކުރައްވައިފި


2019-08-25

ބްރިޖު ޖެލެންޖް ޓްރިޕްގައި ރާއްޖެ އައި ޖަޕާނުގެ ދަރިވަރުންނާ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ބައްދަލުކުރައްވައިފިއެވެ.

ކޮންމެ އަހަރަކުވެސް މި ޕްރޮޖެކްޓުގެ ދަށުން 15 ދަރިވަރުންނާއި 3 އޮފިޝަލުން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

މި ދަރިވަރުން ތިބެން ހަމަޖެހިފައިވަނީ ހޯސްޓް ފެމެލީތަކާއި އެކުގައެވެ.

މި ޕްރޮގްރާމު ހިންގުމުގައި އިތުރަށް ހަރަކާތްތެރިވާނީ ބްރިޖު ކުލަބް މޯލްޑިވްސްގެ ދަރިވަރުންނެވެ. މި ކުލަބަކީ ޖަޕާނަށް ގޮސްފައިވާ ދަރިވަރުންނާއި ހޯސްޓް ފެމީލީތަކުގެ މައްޗަށް އެކުލެވޭ ކުލަބެކެވެ.

އޭޝިއަން-ޕެސިފިކް ޗިލްޑްރެން ކޮންވެންޝަން (އޭ.ޕީ.ސީ.ސީ) ޕްރޮޖެކުޓުގެ ދަށުން، ދިވެހިރާއްޖެ އަކީ، އެންމެ ގިނަ ދަރިވަރުން ހޯސްޓްކޮށްދޭ ޤައުމެވެ. އަދި ޖަޕާންގެ އެންމެ ގިނަ ދަރިވަރުން އައުމަށް ޝާއުޤުވެރިކަން ފާޅުކުރާ ޤައުމަކީ ވެސް ދިވެހިރާއްޖެއެވެ.