އޭޝިއާ ފައުންޑޭޝަނުން ރާއްޖެއަށް ހަހާސް ފޮތް ހަދިޔާކޮށްފިއެވެ.


2019-08-26

އޭޝިއާ ފައުންޑޭޝަނުން ރާއްޖެއަށް ހަހާސް ފޮތް ހަދިޔާކޮށްފިއެވެ. މި ފޮތްތަކީ ސްކޫލްތަކުގެ ލައިބްރަރީތަކުގައި  ބޭނުންކުރުމަށް ހަދިޔާކޮށްފައިވާ ފޮތްތަކެކެވެ. މި ފޮތްތައް ހަދިޔާ ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި މިފޮތްތަކާ ހަވާލުވެވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއެވެ. މި ފޮތްތައް ރާއްޖެއާ ޙަވާލުކޮށްދެއްވީ އޭޝިއާ ފައުންޑޭޝަނުގެ ޑިރެކްޓަރ މިސްޓަރ އެންޓޮން ނައްލަތަމްބީއެވެ.