އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް އައްޑޫސިޓީގައި ފެށިއްޖެ


2019-09-04

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް އައްޑޫސިޓީގައި ފެށިއްޖެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ފަރާތުން އިންތިޒާމު ކުރައްވައިގެން އައްޑޫ ސިޓީގައި މިއަދު ފެށި އިންޓަނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ޓީޗާސް ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ތައުލީމީ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި އަދި ގައުމީ ފެންވަރުގެ އިތުރުން ފަރުދީ ފެންވަރުގައި ބައިވެރިވުން އިތުރުކޮށް، ތައުލީމީ ދާއިރާގެ ފުންނާބު އުސް ފަރާތްތަކުގެ ހިޔާލާއި ފަންނީ މަޝްވަރާ ހިއްސާކުރުމެވެ.