އޯލެވެލްއިން ދުނިޔޭގެ އެއްވަނަ ރާއްޖޭގެ ހަ ދަރިވަރަކު


2019-09-25

2018ވަނަ އަހަރުގެ ސާނަވީ ތަޢުލީމު ނިންމާ އިމްތިހާންތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. ދަރުބާރުގޭގައި ބޭއްވި މި ޖަލްސާ ޝަރަފްވެރިކޮށް ދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގައި އެކި މާއްދާތަކުން މުޅި ދުނިޔެ އިން އެއް ވަނަ ރާއްޖޭގެ ހަ ދަރިވަރަކު ވަނީ ހޯދާފައެވެ.

 އެކިއެކި މާއްދާތަކުން 53 ދަރިވަރަކު ވަނީ ދުނިޔޭގެ ފެންވަރުގައި ހިމެނިފައިވާއިރު އޭގެ ތެރެއިން ދުނިޔޭގެ އެއް ވަނަ ހޯދި ދަރިވަރުންނަކީ

- އިބްރާހިމް ޔައިޝް ޝާކިރު، ދަރުމަވަންތަ ސްކޫލް، މެރިން ސައިންސް

- ޒަޔާން ސައުދުﷲ، ހއ. އުލިގަމު ސްކޫލް، މެތަމެޓިކްސް

- އަހުމަދު ރަސަލް ތަސްލީމް، އަހުމަދިއްޔާ ސްކޫލް. ބިޒްނަސް އަދި އިކޮނޮމިކްސް

- ޒަޔާން އަބްދުﷲ ނާޒިލް، އިސްކަންދަރު ސްކޫލް، ބަޔޮލޮޖީ

- އާމިނަތު ލާމިއާ މަގްބޫލް، އިސްކަންދަރު ސްކޫލް، ޓްރެވެލް އެންޑް ޓޫރިޒަމް

- އަޒްމާން އަބްދުﷲ، ބިލަބޮންގް ސްކޫލް، ސޯޝިއޮލޮޖީ

އޯ ލެވެލް އިމްތިހާނުގައި 6،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އިރު އޭގެ ތެރެއިން 404 ދަރިވަރަކު ވަނީ ރާއްޖޭގެ 10 ގައި ހިމެނިފަ އެވެ. ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން އަށް ދަރިވަރަކު ރާއްޖޭން އެއް ވަނަ ހޯދާފައި ވެ އެވެ.

އޭގެ ތެރެއިން ރާއްޖެއިން އެއްވަނަ ހޯދި ދަރިވަރުންނަކީ:

- އަހުމަދު އީޖާޒް ހުސެއިން، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު

-އާމިނަތު ޖަންނަ، އަމީނިއްޔާ ސްކޫލް

-އާމިނަތު ނޫހާ ނިމާލް، ކަލާފާނު ސްކޫލް

- ހާޝިމް އިބްރާހިމް، ފ. އަތޮޅު ތައުލީމީ މަރުކަޒު

-އިބްރާހިމް ޔައިޝް ޝާކިރު، ދަރުމަވަންތަ ސްކޫލް

-މަރިޔަމް އިނާން އިބްރާހިމް ރަޝީދު، އަމީނިއްޔާ ސްލޫލް

-މުހައްމަދު އައިލަމް ހުސެއިން، އަހުމަދިއްޔާ ސްކޫލް

-ޔޫސުފް ޔާނިއު އަހުމަދު، ޖަމާލުއްދީން ސްކޫލް

2018ވަނަ އަހަރުގެ ސާނަވީ ތަޢުލީމު ނިންމާ އިމްތިހާންތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާ މިފަހަރު ހޮސްޓްކޮށްފައިވަނީ އިމާދުއްދީން ސްކޫލުންނެވެ. އަދި މިޖަލްސާގެ ސްޕޮންސަރ އަކީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަނެވެ.