ވ. ރަކީދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފި


2022-06-23

ސެޓެލައިޓް ސްކޫލްގެ ގޮތުގައި ޤާއިމްކުރާ ވ.ރަކީދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

ރަކީދޫގެ މަސައްކަތް ހަވާލުކުރެވިގެން ދިޔައީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުނިން މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 3,223,233.43ރ (ތިން މިލިއަން ދެލައްކަ ތޭވީސްހާސް ދުއިސައްތަ ތިރީސްތިން ރުފިޔާ ސާޅީސް ތިން ލާރި) އަށް މި މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާގޮތަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމަންޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމެވެ. އަދި ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލީ ޝަމީޒެވެ.