އަފީފުއްދީން ސްކޫލުގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި


2022-06-09

ހދ.ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

ޕީއެސްއައިޕީގެ ދަށުން ކުރިއަށްދާ މި މަސައްކަތް ހަވާލުކުރެވުނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 7,676,348.33ރ (ހަތް މިލިއަން ހަ ލައްކަ ހަތްދިހަ ހަ ހާސް ތިން ސަތޭކަ ސާޅީސް އަށް ރުފިޔާ ތިރީސް ތިން ލާރި)އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމަންޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމެވެ. ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ނީލާ ނަސީރެވެ.