ރ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 02 ބުރި އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.
ޕީއެސްއައިޕީ 2021 ގެ ދަށުން ކުރިއަށްގެންދާ މި ޕްރޮޖެކްޓް ހަވާލުކުރެވިގެން މިދިޔައީ ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
އެ ކުންފުނިން މި ޕްރޮޖެކްޓަށް ހުށައެޅުއްވީ 8,338,708.36ރ (އަތްމިލިޔަން ތިންލައްކަ ތިރީސް އަތްހާސް ހަތްސަތޭކަ އަށްރުފިޔާ ތިރީސް ހަތްލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމަންޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމެވެ. ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސެކްރެޓަރީ ޝިއުޒް ފަރީދެވެ.