ހއ.މާރަންދޫ ސްކޫލްގެ 2 ބުރި އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.
ޕީއެސްއައިޕީ 2021 ގެ ދަށުން ކުރިއަށްގެންދާ މި ޕްރޮޖެކްޓް ހަވާލުކުރެވުނީ ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެ ކުންފުނިން މި ޕްރޮޖެކްޓަށް ހުށައެޅުއްވީ 7,939,576.01ރ (ހަތް މިލިއަން ނުވަ ލައްކަ ތިރީސް ނުވަ ހާސް ފައްސަތޭކަ ހަތްދިހަ ހަ ރުފިޔާ އެއް ލާރި)އަށް މި މަސައްކަތް 200 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމަންޓްގައި ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އެވެ. ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޚުޝްރުވާން އެވެ.