މަޖީދިއްޔާ ސްކޫލް ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުން


2022-07-20

މަޖީދިއްޔާ ސްކޫލް ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

ޕީއެސްއައިޕީގެ ދަށުން ކުރިއަށްދާ މި މަސައްކަތް ހަވާލުކުރީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.،

އެ ކުންފުނިން މަޖީދިއްޔާ ސްކޫލް ވަށާފާރު ރޭނުމުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 1,824,175.75ރ (އެއް މިލިއަން އަށް ލައްކަ ސައްވީސް ހާސް އެއްސަތޭކަ ހަތްދިހަ ފަސް ރުފިޔާ ހަތްދިހަ ފަސް ލާރި)އަށް މި މަސައްކަތް 40 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމެވެ.

ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޢަލީ ޝަނީޒެވެ.