ހދ.ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލުގެ 8 ކުލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި


2022-07-20

ހދ.ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލުގެ 8 ކުލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

ޕީއެސްއައިޕީގެ ދަށުން ކުރިއަށްދާ މި މަސައްކަތް ހަވާލުކުރެވުނީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެކުންފުނިން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 9,217,632.06ރ (ނުވަ މިލިއަން ދެލައްކަ ސަތާރަ ހާސް ހަސަތޭކަ ތިރީސް ދެ ރުފިޔާ ހަ ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ.

އިވޯސަންގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް ޑިރެކްޓަރ އަބްދުﷲ އާސިމެވެ.