އއ.އުކުޅަހު ސްކޫލްގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.
ޕީ.އެސް.އައި.ޕީ 2022 ގެ ދަށުން ކުރިއަށްދާމި މަސައްކަތް ހަވާލުކުރީ ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
އެކުންފުނިން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 4,996,681.38ރ (ހަތަރުމިލިޔަން ނުވަލައްކަ ނުވަދިހަ ހަހާސް ހަސަތޭކަ އަށްޑިހަ އެއްރުފިޔާ ތިރީސް އަށްލާރި) އަށް މި މަސައްކަތް 200 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މުސާ ނައީމް އެވެ.
ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ މުހައްމަދު އިޝްވާނެވެ.