ނ.ލަންދޫ ސްކޫލްގެ 4 ކްލާސްރޫމް & މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފި


2023-02-05

ނ.ލަންދޫ ސްކޫލްގެ 4 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ޙަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފިއެވެ.

ޕީ.އެސް.އައި.ޕީ 2021 ގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތް ޙަވާލުކުރީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 20,667,692.03 ރ( ވިހިމިލިއަން ހަލައްކަ ފަސްދޮޅަސް ހަތްހާސް ހަސަތޭކަ ނުވަދިހަ ދެރުފިޔާ ތިން ލާރި (އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ.

ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އަހްމަދު ރަމީޒެވެ.