ސްޓޫޑެންޓް އެޑްމިޝަން ފޯމް

އައު އެޕްލިކޭޝަންތައް

ދަރިވަރުން ސަރުކާރު ސްކޫލަށް ވައްދަން އެދޭ ފޯމް

ހުޅުވާލެވިފައި

ހުޅުވާ ތާރީޚް: 23 ޖުލައި 2026

ބަންދުވާ ތާރީޚް: 31 އޯގަސްޓު 2026

ސޭވްކޮށްފައިވާ އެޕްލިކޭޝަން ކުރިއަށް ގެންދަވާ

ރިފަރެންސް ކޯޑު ބޭނުންކޮށްގެން ސޭވްކޮށްފައިވާ އެޕްލިކޭޝަން ކުރިއަށް ގެންދަވާ.

ސޭވްކޮށްފައިވާ އެޕްލިކޭޝަން ކުރިއަށް ގެންދަވާ

ހުށައަޅާފައިވާ އެޕްލިކޭޝަން އަދާ ހަމަ ބެއްލެވުމައް

މުހިންމު މައުލޫމާތު

ހުޅުވާ ތާރީޚް

23 ޖުލައި 2026

ބަންދުވާ ތާރީޚް

31 އޯގަސްޓު 2026

އިތުރު މައުލޫމާތު

އެޕްލިކޭޝަން ފޯމު ހުށައެޅުމުގައި ސަމާލުކަން ދޭންވީ ކަންކަން:

  1. އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅާ މަޢުލޫމާތަކީ ސައްޙަ މަޢުލޫމާތުކަން ކަށަވަރުކުރަން ވާނެއެވެ.
  2. އެޕްލިކޭޝަން ފޯމު ފުރުމަށް ބޭނުންކުރާ އީމެއިލް އެޑްރެސް އަދި މޯބައިލް ނަންބަރަކީ ބެލެނިވެރިޔާގެ އީމެއިލް އެޑްރެސް އަދި މޯބައިލް ނަންބަރުގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓަރކުރެވޭނެ މަޢުލޫމާތެވެ. އަދި މި މަޢުލޫމާތު ސްކޫލްތަކާއި ހިއްސާކުރެވޭނެއެވެ.
  3. މި ފޯމަށް އަޕްލޯޑްކުރަންޖެހޭ އިތުރު ލިޔެކިޔުންތައް ތިރީގައި މިވަނީއެވެ.

    ދިވެހި ދަރިވަރެއްނަމަ:

    • ދަރިވަރުގެ އައި.ޑީ.ކާޑު ކޮޕީ
    • ބެލެނިވެރިޔާގެ އައި.ޑީ.ކާޑު ކޮޕީ
    • ވެކްސިން ކާޑު (އަލަށް ސްކޫލަށް ވަންނަ ނަމަ)
    • އެލް.ކޭ.ޖީ އަށް ވަނުމަށް ފޯމް ހުށައަޅާ ދަރިވަރެއްނަމަ، (ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަޑުތައް ރެކޯޑް ކުރާ ފޯމް)

    ބިދޭސީ ދަރިވަރެއްނަމަ:

    • މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ (ދަރިވަރުގެ)
    • މުއްދަތު ހަމަނުވާ ވިސާ ކޮޕީ (ދަރިވަރު އަދި ބެލެނިވެރިޔާގެ)
    • ވެކްސިން ކާޑު (އަލަށް ސްކޫލަށް ވަންނަނަމަ)
    • އެލް.ކޭ.ޖީ އަށް ވަނުމަށް ފޯމް ހުށައަޅާ ދަރިވަރެއްނަމަ، (ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަޑުތައް ރެކޯޑް ކުރާ ފޯމް)
    • މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ (ބެލެނިވެރިޔާގެ)
    • މުއްދަތު ހަމަނުވާ ވޯކް ޕާމިޓް
    • ދިރިއުޅޭ ގޭގެ މައުލޫމާތު:
      • އަމިއްލަ ގެއެއްނަމަ – ގޭގެ ރަޖިސްޓްރީ ހުށައެޅުން
      • ކުއްޔަށް ދިރިއުޅޭނަމަ – އެގްރީމެންޓް ކޮޕީގެ ފުރަތަމަ އަދި ފަހު ސަފްހާ (ސޮއި ކޮށްފައިވާ ސަފްހާ) ހުށައެޅުން
      • ބެލެނިވެރިޔާ ނޫން އެހެން ފަރާތަކުން ކުއްޔަށް ނަގާފައިވާ ގެއެއް ނުވަތަ އެޕާޓްމެންޓެއް ނަމަ – އެގްރީމެންޓް ކޮޕީ އަދި ދަރިވަރުގެ ބެލެނިވެރިޔާ އަދި ދަރިވަރު އެޕާޓްމެންޓް / ފްލެޓް / ގޭގަ ދިރިއުޅޭ ނުވަތަ ދިރިއުޅެން އެއްބަސްވެފައިވާކަމަށް ސޮއި ކޮށްފައިވާ ލިޔުން. މިލިޔުމާއި އެކު ވެރިފަރާތުގެ އައި.ޑީ ކާޑު ކޮޕީ އެޓޭޗްކުރަންވާނެއެވެ.
  4. ކުދިން ސްކޫލަށް ވެއްދުމުގައި އުމުރުފުރާ ބަލާނީ، މި މިނިސްޓްރީގެ ސަރކިއުލަރ ނަންބަރު 22-E/CIR/2025/10 އަށެވެ.

ބަންދުވެފައިވާ އެޕްލިކޭޝަންތައް

އޭ-ލެވެލް އެޕްލިކޭޝަން ފޯމް

ބަންދުކުރެވިފައި

އޭ-ލެވެލް އެޑްމިޝަން ހުށައެޅުމަށް

ހުޅުވާ ތާރީޚް: 19 މޭ 2026

ބަންދުވާ ތާރީޚް: 06 ޖޫން 2026

ބަންދުކުރެވިފައި