މާލެ އާއި ކ. އަތޮޅުގެ ޕްރިންސިޕަލުންނަށް ލީޑަރޝިޕް ވޯކްޝޮޕެއް!

20 އޮކްޓޯބަރު 2024

މާލެ ސިޓީގެ ސްކޫލްތަކާ، ކ އަތޮޅުގެ ސްކޫލް ތަކުގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނަށް ހާއްސަކޮށް ލީޑަރޝިޕް ޓްރޭނިންގ ވޯކްޝޮޕެއް ކުރިޔަށް ގެންގޮސްފިއެވެ.

މިއީ ސްކޫލްތައް ހިންގުމުގައި ބޭނުންކުރާ ޒަމާނީ އާ ގޮތްތަކާއި، އާ އީޖާދުތަކާ ގުޅޭ މަޢުލޫމާތު ޕްރިންސިޕަލުންނަށް ހިއްސާކޮށް އަހުލުވެރި ކުރުވުމަށްޓަކާ ކުރިޔަށް ގެންދާ ތަމްރީނު ޕްރޮގުރާމެކެވެ. 

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ އިތުރުން ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކަ ގުޅިގެން ސިލްސިލާކޮށް ކުރިޔަށް ގެންދާ މި ތަމްރީނު ޕްރޮގުރާމްގެ މިބުރު ކުރިޔަށް ދިޔައީ އޮކްޓޯބަރު 15 ވަނަ ދުވަހު މާލޭގެ ޢިމާދުއްދީނު ސްކޫލްގައެވެ. އަދި މި ތަމްރީން ޕްރޮގްރާމުގެ ސެޝަންތައް ނަންގަވައިދެއްވީ މެލޭޝިޔާގެ ސެގި ޔުނިވަރސިޓީންނެވެ. 

މިތަމްރީނު ޕްރޮގުރާމްގައި މާލެ ސިޓީގެ ސްކޫލްތަކާ، ކ. އަތޮޅުގެ ސްކޫލުތަކުން ޖުމްލަ 55 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.